ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާނެ

ކިޔުމަށް ހޭދަވާނީ 54ސ
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާނެ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަޑައިނުގަންނަވާނެ ކަމަށް ނިންމަވައިފިއެވެ. 

 

ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، އެރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަނީ "މިއަދާއި ހަމައަށް ދިވެހި ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި، އިންސާފު ނުލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ" ކަމަށާއި  އެމަނިކުފާނަށް ތާއީދު ކުރައްވާ އެތައް ހާސް ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އިޚުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. 

 

މާދަމާ ހަވީރު 17:00 ގައި ބާއްވާ މިޚާއްސަ ރަސްމިއްޔާތަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. 

 

މިރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ޝްރީ ލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ވެސް ބައިވެރިވަޑައިގަންނަވައެވެ.

 

މިއަދު އޮންލައިން