ފޮރިން މިނިސްޓަރ ޑރ. މުޙައްމަދް އާސިމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެއްވުމުން އެތުހުމަތު ތަކަށް އެމަނިކުފާނު އިންކާރު ކުރައްވައި އެކަން ދޮގުކޮށްފިއެވެ.
އެމަނިކުފާނު މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައި ވަނީ ކުރެއްވި ޓްވީޓަކުންނެވެ.
މީގެ އިތުރުން، އެޓުވީޓުގައި ރައިސް ޔާމީންގެ ޒަޢާމަތުގައި ރައީސް ޔާމީންގެ ވަޒީރުންގެ މަޖިލީހުގައި ޚިދްމަތް ކުރެއްވުމަށް ލިބިލެއްވި ފުރުސަތަށް ރައީސް ޔާމީން އަށް ޝުކުރު އަދާކުރައްވާފައި ވެ އެވެ. އަދި ފޮރިން މިނިސްޓްރީ އަށް ބާއްޖަވެރި ކުރިމަގަކަށް އެދި އަލަށް ޚާރިޖިއްޔާ އާ ހަވާލުވެވަޑައިގަންނަވާ މިނިސްޓަރަށް ހެޔޮ އެދުން ފޮނުއްވާ ކަމަށްވެސް އެމަނިކުފާނު ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޑރ. އާސިމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވަނީ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ ތިން މުއައްޒަފަކާ އެކު އެފަދަ ގުޅުމެއް ހިންގަން އުޅުމުގެ ތުހުމަތެވެ.