ކެބިނެޓް އިއުލާނުކުރުން މޯދީ އާއި ރައީސް ޞާލިޙްގެ ބައްދަލުކުރެއްވުމަށްފަހު.

އަހުމަދު
ކިޔުމަށް ހޭދަވާނީ 31ސ
ކެބިނެޓް އިއުލާނުކުރުން މޯދީ އާއި ރައީސް ޞާލިޙްގެ ބައްދަލުކުރެއްވުމަށްފަހު.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 5.00 ގައި ބާއްވަން ހަމަޖެހިފައިވާއިރު އެ ރަސްމިއްޔާތާއި ވިދިގެން އޮންނާނީ ރައީސް ޞާލިޙް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުކުރެއްވުމެވެ.

 

އެއަށްފަހު އޮންނާނެ ކަމަށް މައުލޫމާތު ލިބެނީ ރައީސް ޞާލިޙްގެ ވަޒީރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތެވެ.

 

ގިނަ ބައެއްގެ ސަމާލުކަން މިހާރު އެންމެ ބޮޑަށް އަމާޒުވެފައިވަނީ ވަޒިރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށެވެ.

މިއަދު އޮންލައިން