ފްލެޓް ލިބުނުކަމުގެ ލިޔުން ހޯދަން ހައުސިންގ މިނިސްޓްރީއަށް ދިއަ މީހުންގެ ތެރެއިން "ދޮރުބަންދުކުރި" އިރު ލިޔުން ނުލިބުނު ބައަކު ދޮރުން ވަނުމުން ބޭރުކޮށްފިއެވެ.
މިއަދުނޫހަށް މައުލޫމާތުލިބުނު ގޮތުގައި އެމީހުން ދޮރުން އެތެރެއަށްވަނީ ދޮރުކޮށްޕަމުން ގޮސް ދޮރު ހުޅުވައިގެންނެވެ. އެމީހުން ބޭރަށް ނުކުތީ އެތެރޭގައި ތިބި ފުލުހުންގެ އެނގުމަކަށެވެ.
ހައުސިންގ މިނިސްޓްރީން ވަގުތު ކުޑަތަންވެފައިވަނިކޮށް ދޫކުރަންފެށި ލިޔުން ހޯދަން ބޭނުންވެގެން އެތައް ސަތޭކަ ބައަކު ކިޔޫގައި ތިއްބައި މިއަދު ވަނީ ލިޔުން ދޫކުރުން ހުއްޓާލައިފައެވެ. ރޭ ހުއްޓައިލި އިރުވެސް އެތައް ސަތޭކަ ބައަކު ކިޔޫގައި ތިބިކަން ފާހަގަކުރެވެއެވެ.
ލިޔުން ނުލިބިވާ އެންމެންނަށް މިއަދު ލިޔުން ދޫނުކުރެވޭކަން އެނގޭއިރު އެތައް ސަތޭކަ ބައަކު ކިޔޫގައި ތިއްބާ ރޭ ލިޔުން ދޫކުރުން ހުއްޓައިލުމުންވެސް ގިނަ ބައަކު ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.