ކަޝޯޤީގެ މަރާ ގުޅޭ ސީއައިއޭގެ ރިޕޯޓްގައި ހުރި މައުލޫމާތު ޢާންމުކުރަން ސީއައިއޭ އާއި ވައިޓް ހައުސް އިން ދެކޮޅު ހަދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ކަޝޯޤީގެ މަރާ ގުޅޭ ސީއައިއޭގެ ރިޕޯޓްގައި ހުރި މައުލޫމާތު ޢާންމުކުރަން ސީއައިއޭ އާއި ވައިޓް ހައުސް އިން ދެކޮޅު ހަދައިފި

ތުރުކީގައި ހުންނަ ސައުދީ ކޮންސިޔުލޭޓްގައި އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު މަރައިލި ނޫސްވެރިޔާ، ކަޝޯޤީގެ މަރާއި ގުޅޭގޮތުން އެމެރިކާގެ ސީއައިއޭ އިން އިއްޔެ ހާމަކުރި ރިޕޯޓްގައި ހުރި މައުލޫމާތު ޢާންމުކުރަން ސީއައިއޭ އިންނާއި ވައިޓް ހައުސް އިން ދެކޮޅު ހަދައިފިއެވެ.

 

ސީއައިއޭގެ ބައެއް ސިއްރު އެޖެންޓުންނާއި ހަވާލާދީ އެމެރިކާގެ ބޮޑެތި ބައެއް ނޫސްތަކުގައި ބުނެފައިވަނީ ކަޝޯޤި މަރާލައި ނައްތައިލެވުނީ ވަލީ އަހުދު މުޙައްމަދު ސަލްމާންގެ އަމުރުފުޅަށް ކަމަށް ރިޕޯޓުގައި އޮތް ކަމަށެވެ. ނަމަވެސް ދައުދީ ސަރުކާރުން ބުނަމުން ގެންދަނީ މިކަމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

 

ވައިޓް ހައުސް އިން ބުނެފައިވަނީ ރިޕޯޓްގައިވާ މައުލޫމާތު ޢާންމު ނުކުރަނީ އެއީ ސިއްރު ރިޕޯޓަކަށްވާތީ ކަމަށެވެ. ކަޝޯޤީ މަރައިލިތާ 2، 3 ދުވަހެއްގެ ތެރޭގައި ސައުދީ ސަރުކާރުން ވަނީ އެމެރިކާއަށް 100 މިލިއަން ޑޮލަރުގެ "އެހީއެއް" ދީފައެވެ.

މިއަދު އޮންލައިން