ރައީސް ޔާމީނުގެ ވެރިކަން ނިންމައިލީ ވެސް ރައްޔިތުންގެ ލޮލަށްޖެހި ކަރުނަ ގޭހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރައީސް ޔާމީނުގެ ވެރިކަން ނިންމައިލީ ވެސް ރައްޔިތުންގެ ލޮލަށްޖެހި ކަރުނަ ގޭހުން!

ރައީސް ޔާމީނުގެ ވެރިކަން މިއަދު މެނދުރު 1.21 ގައި ނިމުމަކަށް އައިސްފައިވާއިރު އެންމެ ފަހު ހަރަކާތެއްގެ ގޮތުންވެސް ވަނީ ރައްޔިތުންގެ ގައަށް ކަރުނަ ގޭސް ޖަހައިފައެވެ.

 

ހައުސިންގ މިނިސްޓްރީން ދޫކުރާ ލިޔުން ހޯދަން 2، 3 ދުވަސް ވަންދެން އިންތިޒާރުގަ އާއި ކިޔޫގައި އެތައް ސަތޭކަ ބައަކު ބެއިތިއްބުމަށްފަހު ނުދީ ދޮރާށި ބަންދުކުރުމުން ދޮރާށިން ވަން މީހުންނަށް ވަނީ ކަރުނަ ގޭސް ބޯންދީފައެވެ. މިކަން ކުރީ ރައީސް ޔާމީނުގެ ވެރިކަން ނިމެމުން އައި ވަގުތު އެވެ.

 

 

ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އޮތް ބައަކަށް ބޯހިޔާވަހިކަން ދޭނެ ކަމުގެ އުންމީދު ދިނުމުން އެ ޙައްޤު ހޯދަން މަސައްކަތްކުރި މީހުންނަށް އަނިޔާވެރިވެ ލޮލަށް ކަރުން ގޭސް ޖެހުމަކީ ދިވެހިރައްޔިތުން ދުވަހަކުވެސް ހަނދާން ނައްތައިލާނެ ކަމެއް ނޫނެވެ.

 

ރައީސް ޔާމީނުގެ ވެރިކަމުގެ ތާރީޚު ލިޔާއިރު ރައްޔިތުންގެ ފައިސާއިން އިސްރާފުކޮށް އެންމެ ގިނަ އިން ހަވާއެރުވި އަދި ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން އެންމެ ގިނައިން ރައްޔިތުންގެ މޫނަށް ޕެޕަރސްޕްރޭ، ކަރުނަ ގޭސް ޖެހި ސަރުކާރުގެ ގޮތުގައި ލިޔަން މިވަނީ މާކުރިންސުރެ ޖެހިފައެވެ.

މިއަދު އޮންލައިން