އުފާވެރި ޤައުމީ، ދީނީ ޢީދުތަކެއްގެ ތެރެއިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޞާލިގެ ވެރިކަމުގަ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: ޤާސިމް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އުފާވެރި ޤައުމީ، ދީނީ ޢީދުތަކެއްގެ ތެރެއިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޞާލިގެ ވެރިކަމުގަ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމުގެ އެންމް އިސް ވެރިކަމާއި ހަވާލުވެވަޑައިގަތީ އުފާވެރި ޤައުމީ، ދީނީ ޢީދުތަކެއްގެ ތެރެއިން ކަމަށާއި ރައީސް ޞާލިގެ ވެރިކަމުގައި ބޮޑެތި ކުރިއެރުންތްކެއް ޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބް ފައިޞަލް ނަސީމް، މަްާމުގެ ޤާނޫނީ ހުވާ ކުރެއްވުމަށް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޤައުމީ ދުވަހާއި ޖުމްހޫރީ ދުވަސް ދާދި ފަހުން ފާއިތުވެގެން ގޮސްފައިވާއިރު މިނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޢީދު މީލާދު ދުވަސް ކަމަށެވެ. އެހެންކަމުން ރައީސް ޞާލިޙްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވިގެން މިދިއައީ ވަރަށް އުފާވެރި ޢީދުތަކެއްގެ ތެރެއިން ކަމަށެވެ. އެހެން ކަމުން މިއީ ވަރަށް ހެޔޮ ފާލެއް ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވަނީ ރައީސް ޞާލިޙް، 5 އަހަރުގެ 5 ދައުރުގައި މަޖިލީހަށް ޚިދުމަތް ކުރައްވާފައިވާ ކަމާއި ނައިބް ރައީސް ފައިޞަލް ނަސީމަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހާއި ގުޅިވަޑައިގެންނެވި އަދި މިދައުރުގައި ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ފާހަގަ ކުރައްވައިފައެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރަށް ރައްޔިތުންގެ މްޖިލީހުން އަރުވަންޖެހޭ ފުރިހަމަ އެއްބާރުލުން އަރުވާނެ ކަމަށެވެ. ޤާސިމް އިބްރާހީމްގެ ވާހަކަފުޅު ނިންމަވައިލެއްވެވީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިތުރު އުފާވެރިކަމާއި ކުރިއެރުމާއި ހަމަޖެހުމަށް އެދިވަޑައިގަންނަވަމުންނެވެ.

 

މިއަދު އޮންލައިން