މާދަމާ އަކީ ރަސްމީ ގޮތުން ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވުމަށްފަހު، މިއީ ރައީސް ސޯލިހު ނިންމެވި އެންމެ ފުރަތަމަ ނިންމެވުމެވެ. ރާއްޖޭގެ ވެރިކަމާ އާ ސަރުކާރުން ހަވާލުވުމަށްފަހު، އެކަމުގެ މުނާސަބަތުގައި މާދާމާ އާއި އަނެއް ދުވަހު ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިކުޅިވަރުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 ގައެވެ.