އެންމެ އިސްކަމެއްގެ ގޮތުގަ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެންމެ އިސްކަމެއްގެ ގޮތުގަ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޞާލިޙް

ރައްޔިތުންނަށް ޢަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ޤާނޫނީ ޢިލްމާއި، ޝަރީޢަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރަން ޖެހިފައިވާކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާ ކަމަށާއި އެކަމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކުރައްވަން ފަށްޓަވާނެ އެއް މަސައްކަތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

ޤައުމާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީޞް ޞާލިޙް ވިދާޅުވީ އެމަނިކުފާނު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަޤާމާއި ޙަވާލުވެވަޑައިގަންނަވާއިރު، އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވެނީ، ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރެވިގެންދާ ތަން ފެނުން ކަމަށެވެ.

 

ރައީސް ޞާލިޙް ވިދާޅުވީ ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހީން ކުރި ތަޖުރިބާއިން އެނގުނު ޙަޤީޤަތަކީ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ކަމަށެވެ. ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަމާއި ޤާނޫނުއަސާސީ ތަޞައްވުރުކޮށްފައިވާ ފަދައިން، ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީޢަތް ކުރެވޭނެ މާޙައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން ކަމަށެވެ.  

މިއަދު އޮންލައިން