ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް ޞާލިޙް މަޤާމުގެ ހުވާ ކުރެއްވިތާ ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެވުމާއި ބެހޭ އިތުރު ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުމެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިއީ ރާއްޖެއަށް ކުރެއްވެވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މޯދީ ރާއްޖެވަޑައިގަންނަވަން އެތއް ފަހަރެއްގެ މަތިން ދައުވަތު އެރުވި ނަމަވެސް ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
މޯދީ ވަނީ ރައީސް ޞާލިޙް ހުވާ ކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.