އިޤްތިޞާދު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް 5 އަހަރު ތެރޭގަ ހަރުދަނާ ފިޔަޅުތަކެއް އަޅާނަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިޤްތިޞާދު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް 5 އަހަރު ތެރޭގަ ހަރުދަނާ ފިޔަޅުތަކެއް އަޅާނަން: ރައީސް ޞާލިޙް

 

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ހަރުދަނާ ފިޔަޅުތަކެއް އަޅުއްވާނެ ކަމަށާއި ސަރުކާރުގެ އަމާޒަކަށް ވާނީ، ވިޔަފާރިތަކަށް ފަހި ވެށްޓެއް ޤާއިމުކޮށްދިނުމާއިއެކު ހުޅުވާލެވިފައިވާ ވާދަވެރި، ފަސޭހަ ވިޔަފާރީގެ މާޙައުލެއް އުފައްދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

ރައީޞް ޞާލިޙް މިއަދު ވިދާޅުވީ މާތް ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެން ދިވެހީންނަށް މިންވަރުކުރައްވާފައި މިވާ ސާފު ދޮންވެލި ގޮނޑުދޮށްތަކާއި، ކަނޑުފަޅާއި ފަރުތަކުގެ ހިތްގައިމުކަމާއި، ދަނޑުފަނގުގެ މުއްސަނދިކަމަކީ، ޤުދުރަތުގެ އަޖައިބެއްކަން ކަށަވަރުކަމަށެވެ. އަދި އެތަކެއް ހާސް އަހަރު ވަންދެން އެއް ޖީލުން އަނެއް ޖީލަށް މި އަމާނާތް ވާޞިލުކޮށްދީފައި މި ވަނީ ރައްކާތެރިކަމާއެކު ކަމަށެވެ.

 

ރައީސް ޞާލިޙް ވިދާޅުވީ ތަރައްޤީގެ ނަމުގައި، ރާއްޖޭގެ މި ޤުދުރަތީ ވެށި ސުންނާފަތި ކުރުމަކީ، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތަކަށް މެނުވީ ނުވާނެ ކަމަށެވެ. "އަޅުގަނޑު މި އަމާޒު ހިފަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކަނޑައެޅޭ ރަށްރަށާއި، ފަޅުފަޅާއި، ކަނޑޫފާ ހިމެނޭގޮތުން ތިމާވެށި ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދިއުމަށް. އިރާދަކުރެއްވިއްޔާ މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަ ތަރައްޤީ ވެގެންދާނީ ތިމާވެށްޓާ އެއްކީލިކޮށް ގެނެވޭ ތަރައްޤީއަކަށް." ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން