ގިނަ ބައެއްގެ ބޮޑު ސުވާލު!- ލިޔުން ނުލިބޭ، އިއްޔެ ޕެޕަރސްޕްރޭ ޖަހައި ބޭރުކުރި މީހުންނަށް ދެން ވާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ގިނަ ބައެއްގެ ބޮޑު ސުވާލު!- ލިޔުން ނުލިބޭ، އިއްޔެ ޕެޕަރސްޕްރޭ ޖަހައި ބޭރުކުރި މީހުންނަށް ދެން ވާނީ ކިހިނެއް؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއި އެންމެ ގިނަ ބައަކު މިއަދު ކުރިމަތިކުރުވާ ބޮޑު ސުވާލަކީ ފްލެޓް ލިބޭނެ ކަމުގެ ދާއިމީ ލިސްޓުގައި ނަން ހިމެނި، ލިޔުން އިއްޔެ ނިޔަލަށް ނުލިބުނު، އިއްޔެ ޕެޕަރސްޕްރޭ ޖަހައި ބޭރުކުރި މީހުންނަށް ދެން ވާނީ ކިހިނެއްކަމާއިމެދުއެވެ. ހައުސިންގ މިނިސްޓްރީ ހުޅުވުމާއިއެކު މި ބޮޑު ސުވާލުކުރަން ހައުސިންގ މިނިސްޓްރީއަށް އެތައް ހާސް ރައްޔިތުން ދާނެއެވެ. ހައުސިންގ މިނިސްޓްރީން ވަނީ އެއް ބައަކަށް ލިޔުން ދީފައެވެ.

އަނެއް ބައެއްގެ މޫނަށް ޕެޕަރސްޕްރޭ ޖަހައި ފޮނުވާލައިފައެވެ. ރައްޔިތުންގެ ގިނަ ބައަކު ބުނަނީ އެކަންވެސް ކޮށްފައިވަނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށެވެ. ހައުސިންގ މިނިސްޓްރީން ދޫކުރާ ލިޔުން ދޫކުރެވެން ޖެހޭނީ ހަމަ އެކަނި ޑރ. މުއިއްޒު މަޤާމުގައި ހުންނަ ވަގުތުގައި އެކަނި ނޫން ކަމަށާއި އަބަދުވެސް ދޫކުރެވެން ޖެހޭނެ ކަމަށެވެ.

ލިޔުން ދޫކުރުން ފަދަ ކަންކަން ކުރަނީ މިނިސްޓަރު ނޫން ކަމަށާއި ސިވިލް ސަރވިސްގެ މުވައްޒިފުން ކަމަށެވެ. އެހެންކަމުން ލިޔުން ދޫކުރުމާއި ޑރ. މުއިއްޒުގެ މިނިސްޓަރު ކަމާއި ހުރި ގުޅުމެއް ނުއެނގޭ ކަމަށެވެ. ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގެ ހިންގުންވެސް ބައްޓަން ކޮށްފައިވަނީ ކޮންމެ ވަގުތަކު މިނިސްޓަރު ނެތުނު ނަމަވެސް އެ މިނިސްޓްރީއަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެވޭ ގޮތަށެވެ.

"އަހަރެމެންނަށް އެނގޭ ކަމަކީ އިއްޔެ 12 ޖެހުމާއިއެކު ލިޔުން ދޫކުރުން ހުއްޓައިލީ ނުވަތަ އެކަން ހުއްޓުވީ ރައީސް އިބްރާހީމް މުޙައްމަދު ކުއްލިއަކަށް ހައުސިންގ މިނިސްޓްރީއަށް ފޮނުވި ބައެއް ނޫންކަން.!" ކަމަށްވެސް އިއްޔެ ލިޔުން ނުލިބުނު ބައެއް މީހުން ބުނެފައިވުމެވެ. އިންތިޚާބީ ސަރުކާރުގެ ތަރުޖަމާނަކަށް ހުންނަވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމްދު ދީދީ ވަނީ އަދި މަސައްކަތް ނުނިމޭ ފްލެޓްތައް ދޭނެ މީހުންގެ ލިސްޓް ނުހެދުމަށް ރައީސް ޔާމީނަށް ގޮވާލައްވައިފައެވެ.

އެހެންކަމުން ބެލެވޭ ގޮތުން ފްލެޓް ލިބޭނީ ލިޔުން ލިބުނު ނަމަވެސް ނުލިބުނު ނަމަވެސް މިސްރުކާރުން ބެލުމަށްފަހު ފްލެޓް ލިބެންޖެހޭ ކަމަށް މިސަރުކާރުން ކަނޑައަޅާ ހައްޤުވެރިންނަށެވެ.

މިއަދު އޮންލައިން