ވަޒީރު ކަމާ ހަވާލުވީ ކުޅިވަރުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަން: މަހްލޫފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވަޒީރު ކަމާ ހަވާލުވީ ކުޅިވަރުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެންނަން: މަހްލޫފް

ޒުވާނުންނާއި ކުޅިވަރުގެ ވަޒީރުކަމާއި ހަވާލުވީ ޓައި އަޅައިގެން އިންނާން ނޫން ކަމަށާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެންނާން ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް  އަޙްމަދް މަހްލޫފު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވިޓުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލާއި ފާޑު ކިއުން އުފަލާއި އެކު ބަލައިގަންނަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ވަޒީރުންގެ މަޖިލިސް ޢައްޔަން ކުރެއްވުމާ އެކު ގިނަބަޔެއްގެ ފާޑުކިޔުން ކެބިނެޓަށް އަމާޒުވިއެވެ. އެގޮތުން މިނިސްޓަރ މަހްލޫފަށްވެސް މިނިސްޓަރުކަން ޙައްޤުނުވާ ކަމަށް ބުނެ ގިނަ ބަޔަކު ޓްވީޓުކުރިއެވެ. 

އެ ޓްވީޓުތަކަށް މިނިސްޓަރު އެވަނީ ރައްދު ދެއްވާފައެވެ.

މިއަދު އޮންލައިން