ރައިސް އިބްރާޙިމް މުހައްމަދު ޞާލިޙް މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން، އެކަން ފާހަގަކުރުމަށް ކުރިއަށްގެންދާ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ދުވުމުގެ އިވެންޓް ކަމަށްވާ "ސިނަމާލޭ ބްރިޖް ރަން" މިއަދު ހަވީރު 1600 ގައި ފެށިގެން ކުރިއަށްދާނެއެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1530 އަށް މާލޭ ފަތާ ޓުރެކު ސަރަހައްދަށް ދިއުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވ
މާލޭ ފަތާ ޓުރެކު ސަރަހައްދުން ފަށައިގެން ބުރިޖު ހުރަސްކޮށް، އަނބުރާލާނީ ބުރިޖާއި ހުޅުލޭ ހަލި މަގު ގުޅޭ ދިމާލުންނެވެ. އަދި އަނބުރާލާފައި އައިސް ރޭސް ނިންމާލާނީ މާލޭ ދުވާ ޓުރެކަށެވެ.
ދުވުމުގެ ބައިވެރިން ލުމަށް އެދިފައިވަނީ ގައުމީ ކުލަތަށް ހިމެނޭ ހެދުމެވެ.
މި ދުވުން އިންތިޒާމްކުރަނީ އައި-ރަނާސް، ޓީއެފްޖީ، މޭޑް ރަނާސް، ބީބީ ރަނާސް އަދި ރަޝާޒް އިންނެވ.ެ