ފްލައިޓް ނުޖައްސާތީ ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ބޭނުންކުރަނީ ކަސްރަތުކުރުމަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ފްލައިޓް ނުޖައްސާތީ ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ބޭނުންކުރަނީ ކަސްރަތުކުރުމަށް!

އެތެރޭގެ ދަތުރުފަތުރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ނުޖައްސާތީ މިހާރު ރަންވޭ ބޭނުންކުރަނީ ކުޅިވަރު ކުޅުމާއި ކަސްރަތުކުރުމަށް އެރަށުން މައުލޫމާތުދިންމީހަކު ބުނެފިއެވެ.

ކުޅުދުއްފުށިން  މައުލޫމާތުދިންމީހާ ބުނީ އެރަށުގެ ދެ ޖިންސުގެ އެކި އުމުރުގެ ގިނަ ބަޔަކު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އެތަނަށް ދުވުމާއި ކަސްރަތުކުރުމަށް ދާކަމަށެވެ. 

ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ ރަންވޭއަށް ނާރަށް އާއްމުކޮށް އަންގާފައި ވާނެކަމަށާއި މިހާރު އެ ސަރަހައްދު ވަކިކުރަން ފެންސް ޖެހުމުގެ މަސައްކަތްފަށާފައިވާ ކަމަށެވެ.

އެންމެ ފަހުން ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓެއް ޖައްސާފައި ވަނީ ސެޕްޓެމްބަރު 23 ގައެވެ. 

މިއަދު އޮންލައިން