2 ހެލިކޮޕްޓަރު ރާއްޖޭގަ ބާއްވާނަން - ރަޙްމަތްތެރިން ދޭ ހަދިޔާ އަނބުރާ ރައްދުކުރުމަކީ ދިވެހިންގެ ޘަޤާފަތެއް ނޫން: ޑިފެންސް މިނިސްޓަރު މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
2 ހެލިކޮޕްޓަރު ރާއްޖޭގަ ބާއްވާނަން - ރަޙްމަތްތެރިން ދޭ ހަދިޔާ އަނބުރާ ރައްދުކުރުމަކީ ދިވެހިންގެ ޘަޤާފަތެއް ނޫން: ޑިފެންސް މިނިސްޓަރު މާރިޔާ

އިންޑިއާ ސަރުކާރުން ރާއްޖޭގައި ބޭނުންކުރުމަށް ދީފައިވާ 2 ހެލިކޮޕްޓަރު އަނބުރާ ފޮނުވާ ނުލައި ރާއްޖޭގައި ބާއްވާނެ ކަމަށާއި ރަޙްމަތްތެރިން ދޭ ހަދިޔާ އަނބުރާ ރައްދުކުރުމަކީ ދިވެހިންގެ ޘަޤާފަތެއް ނޫން ކަމަށް މިސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވިކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ. 

އެނޫހުގައި ބުނެފައިވަނީ އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށާއި ސަރަހައްދު ބެލެހެއްޓުމަށާއި ގެއްލޭ އުޅަނދުތައް ހޯދުން ފަދަ ސަލާމަތާއި ރައްކައުތެރިކަމަށް ހިންގަންޖެހޭ އޮޕަރޭޝަންތަކަށް 2 ހެލިކޮޕްޓަރު ވަރަށް މުހިންމު ކަމަށެވެ.

2 ހެލިކޮޕްޓަރު އިންޑިއާއިން އިން ދީފައިވަނީ ހިލޭ ސާބަހަށެވެ. އަދި އެއަށް އަޅާ ތެލާއި މޭންޓަނޭންސް ޚަރަދުތަކާއި ފަޅުވެރިން ވެސް ދެނީ ހިލޭ ސާބަހަށެވެ. ނަމަވެސް ރައީސް ޔާމީނު އިންޑިއާ ދެކެ ކޯފާވި މިންވަރު ބޮޑުކަމުން 2 ހެލިކޮޕްޓަރު އަނބުރައި އިންޑިއާއަށް ފޮނުވާލަން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެކަމާއި ގުޅިގެންވެސް ރާއްޖެއާއި އިންޑިއާގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

 

މިއަދު އޮންލައިން