ސިނަމާލޭ ބްރިޖު ރަން ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ސިނަމާލޭ ބްރިޖު ރަން ބާއްވައިފި

ސިނަމާލޭ ބްރިޖު ރަން ބާއްވައިފިއެވެ.

މިއީ ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ދިވެހި ޒަޢާމަތާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު، ބޭއްވެވި ކުޅިވަރު ފެސްޓިވަލުގައި ހިމެނޭ ދުވުމެކެވެ.

'ދުޅަހެޔޮ ހަށިހެޔޮ ޢީދު' ގެ ނަމުގައި މިއަދު ބޭއްވި ހަވީރު ބޭއްވި ކުޅިވަރުގެ މި ޢީދުގައި ހިމެނޭ މި ދުވުން ފަށާފައިވަނީ ސްވިމިންގ ޓްރެކް ސަރަޙައްދުންނެވެ. އަދި ނިންމާލާފައިވަނީ ކުޅިވަރު އެކުވެނީ ރަނިންގ ޓްރެކަށެވެ.

މި ދުވުމުގައި ރާއްޖޭގައި ކަސްރަތުގައި އަދި ދުވުމުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ އިރު، ދުވުން ކުރިއަށް ގެންގޮސްފައިވަނީ ސްވިމިންގ ޓްރެކުން ކުރިއަށްގޮސް ބްރިޖަށް އަރާ، ހުޅުލެއާހަމައަށް ދިއުމަށްފަހު، އަނބުރާ ބްރިޖުން މާލެ އައިސް ރަނިންގ ޓްރެކަށެވެ.

ކުޅިވަރުގެ މި ޢީދު ފަށަފައިވަނީ މިއަދު ހެނދުނު ބޭއްވި މޫދު ކުޅިވަރުތަކުންނެވެ. އަދި މި ޢީދުގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ކެރަމް، ރާޒުވާ، ޓީޓީ، މޫދު ކުޅިވަރު، ކްރިކެޓް ފަދަ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިއަދު އޮންލައިން