މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ސިފައިންގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއީ މާރިޔާ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި ފަހުން ސިފައިންގެ އިސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ބަނޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމާއި ބެހޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.