ގއ. ވިލިނގިލީ ބީއެމްއެލް ބްރާންޗްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަން ކޮށްފިއެވެ.
ފުލުހުން ބުނީ ޓިނު ނަގައިގެން ވަދެ ތިޖޫރީ ހަލާކުކޮށްލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށާއި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 5.30 ހައި އިރުކަމަށެވެ.
ވަގަށް ނަގާފައިވާ ފައިށާގެ އަދަދު އަދި ނުއެނގޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.