ސްޕެއިންގައި ބާއްވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފަސް ފުލުހަކު ފުރައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
ސްޕެއިންގައި ބާއްވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފަސް ފުލުހަކު ފުރައިފި

 

ވޯކްޝޮޕެއްގައި ބައިވެރިވުމަށް ފަސް ފުލުހަކު ސްޕެއިންއަށް ފުރައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ފަރާތުން ސްޕެއިންގެ މެޑްރިޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ދަ ޔޫސް އޮފް ސްޕެޝަލް އިންވެސްޓިގޭޝަން ޓެކްނިކްސް އިން ކްރިމިނަލް އިންވެސްޓިގޭޝަން އޮފް ޑިޖިޓަލް ކޮމިއުނިކޭޝަން ޗެނަލްސް އިން ޓެރަރިސްޓް ކޭސް'' ވޯކްޝޮޕްގައި ބައިވެރިވުމަށް ސްޕެއިންއަށް ފުރައިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަޒްމަތު ޢަބްދުﷲ އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަލީ ނާއިފް ވަޙީދުއާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ސަމާން އިބްރާހީމްއާއި ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހީމް ހުޝާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ނޮވެމްބަރ 19ން 23ށް ކުރިއަށްދާ މި ވޯކްޝޮޕްގައި، އިންޓަރނެޓް އަދި ސޯޝަލް މީޑިއާ ނެޓްވޯކިންގ ޚިދުމަތްތައް ބޭނުންކޮށްގެން ހިންގާ ތަފާތު އެކިއެކި ޓެރަރިސްޓް ހަމަލާތަކާއި އެނޫންވެސް އެފަދަ މައްސަލަތައް ހުއްޓުވުމާއި މިފަދަ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ވެސް މަސައްކަތްކުރެވިގެންދާނެކަމަށެވެ.

މިއަދު އޮންލައިން