ރައީސް އާއި ނައިބް ރައީސް ރައްޔިތުންނާއި މިހާރު ބާއްވަވާ ގާތްކަން އަބަދުވެސް ބޭއްވެވުމަށް ރައްޔިތުން އެދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ރައީސް އާއި ނައިބް ރައީސް ރައްޔިތުންނާއި މިހާރު ބާއްވަވާ ގާތްކަން އަބަދުވެސް ބޭއްވެވުމަށް ރައްޔިތުން އެދޭ!

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ފައިޞަލް ނަސީމް ރައްޔިތުންނާއި މިހާރު ބާއްވަވަމުން ގެންދަވާ ގާތް ގުޅުމަށްޓަކައި ގިނަ ބައަކު ވަރަށް އުފާ ކުރެއެވެ. ޚާއްޞަކޮށް ރައީސް ޞާލިޙް ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވާއިރު ބޮޑެތި މެޝިން ބަޑިތައް ހިފައިގެން ތިބޭ ސިފައިންގެ ފައުޖެއް ރައްޔިތުންނާއި ރައީސް ޞާލިޙް ޢާއި ދެމެދަށް ހުރަސްނުއަޅާކަން ގިނަ ބައަކު ފާހަގަކުރެއެވެ.

ހަމައެއާއިއެކު ރައްޔިތުން އެދެނީ މިއަދު ދެ ރައީސުން ރައްޔިތުންނާއި ބާއްވަވަމުން ގެންދަވާ ގާތް ގުޅުމަށް އެއްވެސް ބަދަލެއް ނުގެންނަވައި އެގުޅުން ހަމަ އެގޮތުގައި ދަމަހައްޓަވައި ދެއްވުމަށެވެ. މިކަން ފާހަގަކުރައްވައި ޑރ. މުޙައްމަދު އިޔާޟް އަބްދުއްލަޠީފް ވިދާޅުވީ:

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ފައިޞަލް ނަސީމް ރައްޔިތުންނާއި އެއް ހަމައެއްގައި، އެކުވެރި މާހައުލެއްގައި ސަލާމް ކުރައްވާތަން ފެނުމަކީ ހިތަށް ލިބޭ ވަރަށް ބޮޑު ފިނިކަމެއް. އެގޮތުގައި ސާބިތުވެ ތިބުމުގެ ތައުފީޤް މާތް ﷲ އެދެބޭފުޅުންނަށް ދެއްވަވާށި!.

އާމީން."

މިއަދު އޮންލައިން