އެމެރިކާގަ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ފުރައިފި

ކިޔުމަށް ހޭދަވާނީ 1މ 16ސ
އެމެރިކާގަ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު  ފުރައިފި

ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރެންސް އެމެޖެންސީ ފަންޑް ( ޔުނިސެފް) ގެ ފަރާތުން އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”އެކްސްޕާރޓް މީޓިންގ އޮން ދަ މެޝަރމަންޓް އޮފް ވަޔަލަންސް އަގައިންސްޓް ޗިލްޑްރެން” މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެމެރިކާއަށް ފުރައިފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް މަޒްހަރު މުޙައްމަދުއެވެ.

 ޔުނިސެފްގެ ފަރާތުން އެކުލަވާލާ ތައްޔާރުކޮށްފައިވާ ޑްރާފްޓް ގައިޑްލައިން ” ގައިޑްލައިން ފޮރ ދަ ޕްރޮޑަކްޝަން އޮފް ޑާޓާ އޮން ވަޔަލަންސް އަގައިންސްޓް ޗިލްޑްރެން” ރިވިއު ކުރުމަށްޓަކައި ކަމާއި ގުޅުންހުރި ޓެކްނިކަލް އެކްސްޕާރޓުންނާއި ސްޓޭކް ހޯލްޑަރުންނާއިއެކު ނޮވެމްބަރ 19ން 23ށް ބާއްވާ މިބައްދަލުވުމުގައި، ޑާޓާ އެއްކުރުމުގެ މުހިއްމުކަމާއި، ޑާޓާ އެއްކުރުމުގައި ދިމާވާނެ ދަތިތަކާއި ހުރަސްތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

އަދި މީގެއިތުރުން މިބައްދަލުވުމުގައި ”އިންޓަރ އޭޖެންސީ އެކްސްޕާރޓް ގްރޫޕް އޮން ވަޔަލެންސް އަގައިންސްޓް ޗިލްޑްރެން (އައި.އޭ.އީ.ޖީ – ވީ.އޭ.ސީ)”އެކުލަވާލާ، މިގްރޫޕްގެ މަސައްކަތްތަކާއި އިސްކަންދޭ ތަރުތީބު އަދި ވޯކިންގ ޕްލޭން އެކުލަވާލެވިގެންދާނެ ކަމަށްވެއެވެ.

މިއަދު އޮންލައިން