ސިޔާސީ ސަބަބުތަކަށްޓަކައި ރައީސް ޔާމީނުގެ ސަރުކާރުގައި ވަޒީފާގެ އަނިޔާކޮށްފައި ތިބި މީހުންގެ ވަޒީފާ ހަމަޖައްސައިދިނުން އަވަސްކޮށް ދިނުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ.
ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރެއިން ރައީސް ޔާމީނުގެ ސިޔާސަތުތަކަށް ތާއީދުކޮށް "އަތްނުޖެހި"، ގިނަ ބައަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ގިނަ ބައަކު ވަނީ ވަޒީފާ އަދާކުރާ، އެމީހާ ދިރިއުޅޭ ރަށުން ދުރު ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ރައީސް ޔާމީނަށް ތާއީދުކޮށް "އަތް ނުޖަހައިގެން ވަޒީފާގެ އަނިޔާ ކޮށްފައިވާ އެންމެން އެ އަނިޔާތަކުން ސަލާމަތްކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. މިއަދަކީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ރަސްމީ ދުވަހެވެ.
އެހެންކަމާއިއެކުވެސް ގިނަ ބައަކު މިކަމަށް އެދެމުން ދަނީ އެކަމުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ މީހުންނަށް "އަޅަމުންދާ ވޭން" ބޮޑުކަމުންކަން ފާހަގަކުރެވެއެވެ.