ރައީސް ޔާމީނުގެ ލީގަލް ސެކެޓްރީ ކަމުން ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަޤާމަށް ބަދަލުކުރި ޢައިޝަތު ބިޝާމް މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ، އިސްތިއުފާ ނުދެއްވާނަމަ މަޤާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު އިއްޔެ ދެއްވުމަށްފަހު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު އެވެ.
ޢަބަދުﷲ ވަނީ ބިޝާމް މަޤާމުން ވަކިކުރަންޖެހޭ ގިނަ ސަބަބުތަކެއް ބަޔާން ކުރައްވައިފައެވެ.