އަމިއްލަ ފަރާތަކުން އޭދަފުށީ ވެޓަރަންސް ކްލަބަށް ކުޅިވަރު ސާމާނު ހަދިޔާ ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
އަމިއްލަ ފަރާތަކުން އޭދަފުށީ ވެޓަރަންސް ކްލަބަށް ކުޅިވަރު ސާމާނު ހަދިޔާ ކޮށްފި

އަމިއްލަ ފަރާތަކުން އޭދަފުށީ ވެޓަރަންސް ކްލަބަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާ ކޮށްފިއެވެ.

މިއީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުއްސައްތާރު އަބްދުލްހަކީމު (އަސްތޭ) އެޓީމަށް ހަދިޔާކުރި ސާމާނުތަކެކެވެ. މި ރަސްމިއްޔާތު އޮތީ އެރަށުގައި ހުންނަ ސަލްސާ ރިޓްރީޓް ރެސްޓޯރަންޓްގައެވެ.

އޭނާ ހަދިޔާކުރި ތަކެތީގެ ތެރޭގައި ފުޓްބޯޅަ، ރޮނގު ބަލަހައްޓާ ދިދަ، ގޯލާއި ދާގަނޑުފަދަ ތަކެއްޗާއި ކަސްރަތު ކުރުމަށް ބޭނުންވާ ހަރުގަނޑާއި ބޯޅަ އަޅާ ބޭގް އަދި ފަސްޓްއެއިޑް ބޭގް ހިމެނެއެވެ.

މި ތަކެއްޗާ ޙަވާލުވުމަށްފަހު ވެޓަރަންސް ކްލަބުގެ މެނޭޖަރ އަހްމަދު ނާޞިރު ވިދާޅުވީ އަސްތޭގެ ފަރާތުން ކުރިންވެސް އެހީތެރިކަން ލިބިފައިވާ ކަމަށާއި ރަށުން ބޭރު މީހަކު އެހީ ވެދެއްވީތީ އުފަލާއެކު ބަލައިގަންނަ ކަމަށެވެ.

އަސްތޭ ވިދާޅުވީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެންމެން އެކުގައި ވެޓަރަންސް ކްލަބުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށެވެ.

އޭދަފުށި ވެޓަރަންސް ޓީމުން ވަނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފައެވެ. އަދި މިހާރުވެސް އަންނަނީ އެކުވެރިކަމުގެ ބޮޑު މެޗަކަށް ތައްޔާރުވަމުންނެވެ.

މި މެޗުތަކަށް އެޓީމު ތައްޔާރުވަމުން އަންނަ އިރު، އެރަށު ފްރެންޑްމީ އަދި އޮޒޯކް ފިހާރައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭދަފުށީ ވެޓަރަންސް ޓީމުގައި 1980ގެ ފަހުކޮޅު އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން  ކަމަށްވާ ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ޢަބްދުލް ވާހިދު ޙުސައިން އާއި އޭރު އޭދަފުށީ ޓީމުގެ ފޯވަރޑްލައިންގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ރިޟާ އާއި 15 އަހަރު އެއްވަނަ ޑިވިޝަނުގައި ކުޅެފައިވާ އިބްރާހީމް ފައުޒީ ހިމެނެއެވެ.

މިއަދު އޮންލައިން