މޫނު ބުރުގާ އެޅުމުން ވަޒީފާ ގެއްލިފައިވާ މުވައްޒިފުން ވަޒީފާ އަށް ނެރެދެއްވުން އަވަސްކޮށް ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މޫނު ބުރުގާ އެޅުމުން ވަޒީފާ ގެއްލިފައިވާ މުވައްޒިފުން ވަޒީފާ އަށް ނެރެދެއްވުން އަވަސްކޮށް ދެއްވާ!

ރައީސް ޔާމީނުގެ ވެރިކަމުގައި މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މުވައްޒިފުން ވަޒީފާ އަށް ނެރެދެއްވުން އަވަސްކޮށް ދެއްވުމަށް ވެސް ގިނަ ބައަކު ދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން އެދެމުންނެވެ.

ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވީ "އެންމެ ފުރަތަމަކަމެއްގެ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން އަޅުގަނޑު އެދެނީ، މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާގެ ހައްޤު ގެއްލިފައި ތިބި ކަނބަލުންނަށް އެ ވަޒީފާތައް އަނބުރައި ދެއްވުން" ކަމަށެވެ. އަދި އެކަމަށް ހުރި ހުރަސްތައްވެސް ނައްތަވައިލަ ދެއްވުން ކަމަށެވެ.

އިސްލާމް ދީނުގެ ޢިލްމުވެރިންގެ އިތުރުން އދ އިން ވެސް މިހާރު ވަނީ މޫނު ބުރުގާ އެޅުން މަނާ ނުކުރެވޭނެ ކަމަށް ނިންމައިފައެވެ. އދގެ އިންސާނީ ހައްޤުތައ ހިމާޔަތްކޮށްދޭ ކޮމިޓީން ބުނެފައިވަނީ މީހެއްގެ ދީނީ ޢަޤީދާ އާއި ގުޅިގެން ނިވާކުރަންޖެހޭ ތަނެއް ނިވާކުރަން ހުރަސް އެޅުމަކީ ދީނީ މިނިވަންކަމަށް ހުރަސް އެޅުން ކަމަށެވެ.

އެހެންކަމަށްވާއިރު ރާއްޖެ ފަދަ 100% މުސްލިމް ދައުލަތެއްގައި މޫނު ބުނުރުގާ އަޅަން ބޭނުންވާ އަންހެނުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

މިއަދު އޮންލައިން