ވިލިނގިލި ބީއެމްއެލް ފަޅާލި މައްސަލައިގައި 11 މީހުން ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
ވިލިނގިލި ބީއެމްއެލް ފަޅާލި މައްސަލައިގައި 11 މީހުން ހައްޔަރު ކޮށްފި

ގއ. ވިލިނގިލީގެ ބީއެމްއެލް ބްރާންޗް ފަޅާލި މައްސަލައިގައި މިހާތަނަށް 11 މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިލިނގިލި ބީއެމްއެލް ފަޅާލުމުގެ މައްސަލައިގައި އިއްޔެ ހައްޔަރު ކުރި ހަތް ފިރިހެނުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އަނެއް ދެމީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާފައިވާ ކަަމަށެވެ. 

މީގެއިތުރުން މިމައްސަލައިގައި މިއަދު ކޯޓު އަމުރެއްގެ ދަށުން އިތުރު ހަތަރު މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ބަންގްލަދޭޝް މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

މިމައްސަލައިގެ ތަހުގީގުގައި ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ވަނީ ފަޅު ގޯއްޗެއް ވެސް ބަލައިފާސް ކޮށްފައެވެ. އެގޯތި ބަލައިފާސް ކުރުމުގެ ތެރެއިން ގޭސް ކަޓަރ އެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

މިއަދު އޮންލައިން