އައްޑޫ ސިޓީ އަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށް ފުލުހުން މަސައްކަތް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
އައްޑޫ ސިޓީ އަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށް ފުލުހުން މަސައްކަތް ފަށައިފި

ކުށްކުރާ މީހުންގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުތަނަވަސްކަމާއި ބިރުވެރިކަން ކުރިމަތިވަމުންދާތީ ކުށުގެ ބިރުވެރިކަން ކުޑަކޮށް ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ފުލުހުން ޚާއްޞަ އޮޕަރޭޝަންތަކެއް އައްޑޫ ސިޓީގައި ފަށައިފިއެވެ.

ނޮވެމްބަރ 15ވަނަ ދުވަހު އައްޑޫ ސިޓީގައި ފުލުހުން ފަށާފައިވާ މި އޮޕަރޭޝަންތަކުގައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ރަށުތެރޭގައި ހިންގަމުންދާ ކަންކަން ބަލައި އެކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަންކުރުމާއި ރަށުތެރެ ބެލެހެެއްޓުން އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން ކުށްތަކަށް މަގުފަހިވާގޮތަށް ރަށުގެ އެކި ސަރަހައްދުތަކުގައި ގްރޫޕް ހަދައިގެން އުޅޭމީހުން ހުއްޓުވައި ބަލާ ފާސް ކުރެއެވެ 

އައްޑޫ ސިޓީގައި ފުލުހުން ފަށާފައިވާ މި އޮޕަރޭޝަންގެ ތެރެއިން، ރަށުގެ އެކަހެރި ސަރަހައްދު ތަކުގައި ހުރި މީހުން ދިރިނޫޅޭ ފަޅު ގެ ތަކާއި ގްރޫޕްތައް އެއްވެ އުޅޭ ގޭގެއާއި ގްރޫޕްތައް އެއްވެއުޅޭ ސަރަހައްދުތައް ބަލައިފާސްކޮށް ބައެއް ފަރާތްތަކާއި ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވާ ކަމަށްށެވެ.

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި މިއޮޕަރޭޝަންތައް ކުރިއަށް ގެންދާ ގޮތައް ހަމަޖެހިފައެވެ.

 

ޙަބަރު ޕޮލިސް 

މިއަދު އޮންލައިން