ގދ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެނިން ޕްރޮގްރާމެއް ހިންގައިފި

ކިޔުމަށް ހޭދަވާނީ 1މ
ގދ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެނިން ޕްރޮގްރާމެއް ހިންގައިފި

ގދ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށް ޓްރެނިން ޕްރޮގްރާމެއް ހިންގައިފިއެވެ.

އެގޮތުން ނޮވެމްބަރ 19ވަނަ ދުވަހު ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި، މަގުމަތީގައި އުޅޭއިރު ދަރިވަރުންގެ ޢަމަލުތައް ބަހައްޓަންވީގޮތާއި، މަގުމަތީގެ އަދަބުތަކާއި، މަގުމަތީގައި ބޭނުންކުރާ ޓްރެފިކް ނިޝާންތަކާއި، މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުން ބޭނުންކުރާ ނިޝާންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމާތީގައި ކުޅެނުހެދުމާއި މަގު ހިނގާއިރު ސަމާލުކަންދޭންވީ ކަންތައްތަކާއި ގުޅޭގޮތުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފަވެއެވެ.

ދެވަނަ ސެޝަންގައި، ޓީމް ބިލްޑް ކުރެވޭނެ ގޮތްތަކާއި ޓީމެއްގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ކާމިޔާބީއާއި ހަމައަށް ވާޞިލް ވުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތްތަކާއި އަދި ލީޑަރުންގެ ދައުރަކީ ކޮބައިކަމާއި ކަންކަމުގައި އިސްނެގުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާއެވެ

ގައްދޫ ޕޮލިސް ސްޓޭޝަނާއި ގައްދޫ ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، ގައްދޫ ސްކޫލްގެ 140 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ޙަބަރު ޕޮލިސް 

މިއަދު އޮންލައިން