ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ގެ ހަރަކާތްތައް ލ. އަތޮޅުގައި ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ގެ ހަރަކާތްތައް ލ. އަތޮޅުގައި ފަށައިފި

ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ގެ ހަރަކާތްތައް ލ. އަތޮޅުގައި އިޔެއް  ފަށައިފިއެވެ.

ނޮވެމްބަރު 20ން 23ށް ލ. ގަމާއި ފޮނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އިޔެއް ހަވީރު  ކުރިއަށް ގެންގޮސްފައިވަނީ 'ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ކަލަރ ރަން' ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިއަ ދުވުމެކެވެ.

މި ދުވުމުގައި ލ.ގަމުގެ އިހައްދޫ ސުކޫލާއި، ހަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލާއި މުކުރިމަގު ސުކޫލުގެ އިތުރުން ލ.ފޮނަދޫގައި ހުންނަ ލ.އަތޮޅު ތަޢްލީމީ މަރުކަޒުގެ ގިނަ އަދަދެއްގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ގެ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު. ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން ބިލްބޯޑް ލޯންޗްކުރުމުގެ ޚާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިހަރަކާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޖެންޑަރ މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ ސެންޓްރަލް އޭރިޔާ އާއި ލ.އަތޮޅު ކައުންސިލް އިދާރާއާއި ފޮނަދުއާއި ގަމުގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

މިއަދު އޮންލައިން