ކަންކަން ބެލުމަކީ މައްސަލައެއް ނޫން: ޒާތީ ނުވެ ވިޔަފާރީގެ ގޮތުން ރާއްޖެއަށް ފައިދާކުރާނެ ގޮތަށް ކަންކަން ނިންމައިފިނަމަ ރަނގަޅުވާނެ: ޗައިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަންކަން ބެލުމަކީ މައްސަލައެއް ނޫން: ޒާތީ ނުވެ ވިޔަފާރީގެ ގޮތުން ރާއްޖެއަށް ފައިދާކުރާނެ ގޮތަށް ކަންކަން ނިންމައިފިނަމަ ރަނގަޅުވާނެ: ޗައިނާ

ޗައިނާގެ ބައެއް ނޫސްތަކުގައި މިއަދު ބުނެފައިވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމެދުކޮށްފައިވާ މުޢާމަލާތުތަކުގެ ކަންކަން ރާއްޖޭގެ މިހާރުގެ ސަރުކާރުން ވީހައި ފުރިހަމައަށް ބެލުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ޒާތީ ނުވެ ވިޔަފާރީގެ ގޮތުން ރާއްޖެއަށް ފައިދާކުރާނެ ގޮތަށް ކަންކަން މިހާރުގެ ސަރުކާރުން ނިންމައިފިނަމަ ރަނގަޅުވާނެ ކަމަށެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނާއި ހަވާލާދީ ބުނެފައިވަނީ ޗައިނާ އިން ރާއްޖެއަށް ކަންކަން ކޮށްދީފައިވާނީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން ރާއްޖޭގެ ތަރައްޤީއަށް ހެޔޮ އެދިގެން ކަމަށެވެ. ރައްޔިތުންނަށް ސީދާ ފައިދާ ނުކުރާނެ އެއްވެސް މަޝްރޫޢެއް ޗައިނާއިން ހިންގާފައި ނުވާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ލީޒޯންގ ވިދާޅުވެފައިވަނީ ކޮންމެ ލޯނެއްވެސް ދީފައިވާނީ މަސައްކަތް ނިމި، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއިއެކު އެ މަޝްރޫއަކުން އާމްދަނީ ހޯދައިގެން ފަސޭހަކަމާއިއެކު ފައިސާ ދެއްކުމަށް 20 އަހަރުގެ މުއްދަތަކާއިއެކުގައި ކަމަށެވެ.

ލޯނުގެ ގޮތުގައި ޗައިނާ އިން ރާއްޖެއަށް ނަގާފައިވާ އަދަދު ރައީސް ޔާމީނުގެ ސަރުކާރުން ހާމަ ނުކުރާތީ އެ އަދަދު 3 ބިލިއަނަށްވުރެ މަތިވާނެ ކުރިން ބެލެވުނު ނަމަވެސް ރާއްޖެއަށް ނަގާފައިވާ ލޯނުތަކުގެ ޖުމުލަ އަދަދަކީ 1.5 ބިލިއަން ޑޮލަރުކަން މިހާރުވަނީ އެނގިފައެވެ.

މިއަދު އޮންލައިން