ވެލިދޫއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 39ސ
ވެލިދޫއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނ.ފޮއްދޫއިން ވެލިދުއަށް މަސްތުވާތަކެތި ބަލާ ޑިންގީއެއްގައި ފަސް މީހަކު އަންނަ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ނޮވެމްބަރ 18ވަނަ ދުވަހުގެ 20:15ހާއިރު ހިންގި މިއޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދާފައިވަނީ އެރަށު އުތުރުފަރާތު ހިއްކި ބިމުންނެވެ. ފުލުހުން އެސަރަޙައްދު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ  އެއްޗެއް އަޅާފައިހުރި 10 ރަބަރު ޕެކެޓު ފެނިފާވަާ ކަމަށާ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ ދަނީ އިތުރަށް ވެލިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން