މާމެންދުއަށް އެތެރެކުރަންއުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 51ސ
މާމެންދުއަށް އެތެރެކުރަންއުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.މާމެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއޮޕަރޭޝަން ހިންގާފައިވަނީ، މާލެއިން ފުރައިގެން ލ.މާމެންދުއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މާމެންދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ. 

މިއަދު ހެނދުނު 8:45 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މާލެއިން ފުރައިގެން މާމެންދުއަށް އައި މިދޯނި ބަލައިފާސްކުރި އިރު މަސްތުވާތަކެއްތި ކަމަށް ޝައްކުކުރެވޭ  އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ސެލޯފިންކޮޅެއް އެދޯނީގައިހުރި ކުލަ ދަޅެއްގެ ތެރެއިން ފެނިފާވާތީއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ

މިމައްސަލަ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން