މިނިސްޓަރ މަހްލޫފް ޖަލު ހުކުމުން ސާލަމަތްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މިނިސްޓަރ މަހްލޫފް ޖަލު ހުކުމުން ސާލަމަތްވެއްޖެ!

މިހާރުގެ ޔޫތު މިނިސްޓަރު އަދި ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާއި ގުޅިގެން، އެމަނިކުފާނުގެ މައްޗަށްް ކޮށްފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ހުކުމްކުރުމާއި ގުޅިގެން އެ މަނިކުފާނު ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެންފިއެވެ.

މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައި ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ޓުވީޓުގައި މަހްލޫފް ވިދާޅުވީ ''އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ. އަހަރެއް ތެރޭގައި 10 ގައިދީން މަރުވީމަ އެއީ ސީރިއަސް މައްސަލައެއް. ކޮމިޝަނަރު ޝިޔާން އަދި ޑީއޯޕީ ސަލްމާން ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭ. އަޅުގަނޑު ޖަލުގައި އޮތްއިރު، މި ޝަކުވާ ކުރެވުނު އަދަދެއް ނޭނގޭ،" ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވި ނަމަ، ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރެވޭނެއެވެ. ނަމަވެސް، ދައުވާ ސާބިތުނުުވާތީ މި މައްސަލައިގައި އެމަނިކުފާނަށް ހުކުމެއް ނާންނާނެއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް މަހްލޫފްގެ މައްޗަށް ކުރި ދައުވާއެއް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އެމަނިކުފާނު ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.

މިއަދު އޮންލައިން