އޭސީޕީ ޖަމްޝީދާއި އަހުމަދު މުހައްމަދު މަގާމުން ވަކިކޮށްފިި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 40ސ
އޭސީޕީ ޖަމްޝީދާއި އަހުމަދު މުހައްމަދު މަގާމުން ވަކިކޮށްފިި!

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ގެ މަގާމުގައި ތިއްބެވި މުހައްމަދު ޖަމްޝީދާއި، އަހުމަދު މުހައްމަދު މަގާމުން ވަކިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޖަމްޝީދު ބަހަލައްޓަވަމުން ގެންދެވި އިންޓެލް ޑިޕާޓްމަންޓް އަދި މުހައްމަދު ބަލަހައްޓަވަމުން ގެނެދެވި ކްރައިމް ކޮމާންޑުން އެ ބޭފުޅުން ވަކި ކުރެއްވުމަށް ފަހު، މިހާރު އެ ދެ ބޭފުޅުން ވެސް ވަނީ ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑް ޑިޕާޓްމަންޓަށް ބަދަޅުކުރައްވާފަ އެވެ.

ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑަކީ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ. އެހެންކަމުން، ޖަމްޝީދާއި، މުހައްމަދު މިހާރު ތިބޭނީ ނަވީންގެ ދަށުގައެވެ.

މިކަމާއި ގުޅެގޮތުން ފުލުހުންގެ އިތުރު ބަހެއް އަދި ނުލިބެއެވެ.

މިއަދު އޮންލައިން