ގެސްޓް ހައުސް ވިޔަފާރިތައް ފުޅާވާއިރު ރާއްޖޭގެ އިސްލާމީވަންތަކަން ހިމާޔަތް ނުކުރާތީ ގިނަ ބައަކު ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ގެސްޓް ހައުސް ވިޔަފާރިތައް ފުޅާވާއިރު ރާއްޖޭގެ އިސްލާމީވަންތަކަން ހިމާޔަތް ނުކުރާތީ ގިނަ ބައަކު ކަންބޮޑުވޭ!

ގެސްޓް ހައުސް ވިޔަފާރިތައް ފުޅާވާއިރު ރާއްޖޭގެ އިސްލާމީވަންތަކަން ހިމާޔަތް ނުކުރާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ގިނަ ބައަކު ކަންބޮޑުވަނީ ބިކިނީ އާއި ހުސް ޖަނގިޔާގައި ޢާންމުންނާއި ކުޑަކުދިން ވެސް ބޭނުންކުރާ ގޮނޑުދޮށްތަކުގައި ފަތުރުވެރިން އުޅޭއިރު އެކަންކަން އެއްވެސް ފަރާތަކުން ނުބަލަހައްޓާތީއެވެ. ރަށްރަށުގެ ކައުންސިލްތަކުންނާއި ހުޅުމާލޭގައި ނަމަ އެޗްޑީސީ އިންވެސް އަދި ފުލުހުންވެސް އެއްވެސް ވަރަކަށް އަޅައިނުލާ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.  

މިކަމަކީ ވަރަށް ކުރިންސުރެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން އަންނަ މައްސަލައެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭއިރު ނިވައިކުރަންޖެހޭ މިންވަރު އަނގައިދޭ ޑްރެސް ކޯޑެއް ސަރުކާރުން ހާމަކޮށްފައެވެ. ނަމަވެސް އެކަން ބަލަހައްޓާނެ ފަރާތެއް ވަނީ ނެތިފައެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ވެސް މިކަމުގައި އެއްވެސް ފިޔަވަޅެއް ނުއަޅާކަމަށާއި އަބަދުވެސް އުޅެނީ ފަތުރުވެރިން ގެނެވޭ އަދަދު ވެގެން އެކަނި ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

 

މިއަދު އޮންލައިން