އެކްސިޑެންޓެއްގައި ޒަހަމްވެގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 40ސ
އެކްސިޑެންޓެއްގައި ޒަހަމްވެގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

ލ. އަތޮޅު ލިންކް ރޯޑުގައި މިމަހުގެ ކުރީކޮޅު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ، މިހިނގާ ނޮވެމްބަރ މަހުގެ ހަވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 18 އަހަރުގެ ފިރިހެނެކެވެ.

ލ. ފޮނަދޫ އަށް ނިސްބަތްވާ އެޒުވާނާ ނިޔާވީ، އިތުރު ފަރުވާއަށް މޭލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއެކްސިޑެންޓް ހިނގީ އެހެން މީހަކާއިއެކު ސައިކަލުގައި ދަނިކޮށް، އެސައިކަލު ކަހާލައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޭނާ ވެއްޓިގެން ގޮސް ލިންކްރޯޑުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައިވެއެވެ.

މިއަދު ނިޔާވި ޒުވާނާގެ އެތެރެހަށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެނގިފައިވެއެވެ.

މިއަދު އޮންލައިން