ބޭނުންވި ހުރިހާ މެންބަރުން ދޫކޮށްލުމުންވެސް "ދީވަލްޕާގެ ވަކިތަކުން'' ސަލާމަތެއް ނުވެވުނު: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބޭނުންވި ހުރިހާ މެންބަރުން ދޫކޮށްލުމުންވެސް "ދީވަލްޕާގެ ވަކިތަކުން'' ސަލާމަތެއް ނުވެވުނު: ޤާސިމް އިބްރާހީމް

ރައީސް ޔާމީނު ޕީޕީއެމަށް ގެންދަން ބޭނުންވި ޖުމްހޫރީ ޕާޓީގެ ހުރިހާ މެންބަރުން ގެންދަން ދޫކޮށްލުމުން ވެސް "ދީވަލްޕާގެ ވަކިތަކުން ސަލާމަތެއް ނުވެވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ 2 މެނަބަރަކު ޖުމްހޫރީ ޕާޓީ ޢާއި ގުޅުމަށް ޖުމްހޫރީ ޕާޓީގެ މައިމަރުކަޒު، މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމް އާއި އިލްހާމް ގުޅުނީ ވެސް އެމަނިކުފާނުގެ އިޒުނައާއިއެކުގައި ކަމަށެވެ. އެއިޒުނަ ދެއްވީ އިލްހާމް ތަމްސީލުކުރާ ދަނގެތި ދާއިރާގެ ތަރައްޤީއަށް އެނޫން އެއްވެސް މަގެއް އެއިރު ފެންނަން ނެތުމުން ކަމަށެވެ.

ރައީސް ޔާމީނަކީ އޭނާއަށް ހެޔޮކަމެއް ކޮށްދޭ އެއްވެސް މީހަކަށް ބަލައިލުމެއްނެތި އަނިޔާވެރިވަމުން ގެންދިއަ އަނިޔާވެރިއެއްކަން ބަޔާންކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 26 އިންސައްތަވަރު ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނިކޮށް ޖުމްހޫރީ ޕާޓީން ރައީސް ޔާމީނަށް ތާއީދުކޮށް ކުރި މަސައްކަތުން ވެރިކަން ހޯދައިދެވުމުން އެމަނިކުފާނާއިމެދު އަދި ޖުމްހޫރީ ޕާޓީ އާއިމެދު ކަންކަން ކުރި އަނިޔާވެރި ގޮތުގެ ވާހަކަ ރާއްޖޭގެ ތާރީޚުގައި ކަޅުކަން ގަދަ އަކުރުތަކަކުން ލިޔެވޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅައި ގޮސް ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް އިންތިހާއަށްކޮށް އަދި ސިޔާސީ ގޮތުން ވާދަކޮށްފާނެ އެންމެން ހައްޔަރުކުރުމުން ވެސް ކަންކަން ނިމިގެންދިއަ ގޮތް މިއަދު އެންމެންނަށްވެސް ވަރަށް ސާފު ކަމަށާއި އެއީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަން ކަމަށެވެ. 

މިއަދު އޮންލައިން