އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވަމުންދާ އަލީ ހާޝިމް ސްމިތުގެ ބަންދުގެ މުއްދަތަށް އިއްޔެ ކްރިމިނަލް ކޯޓުން 7 ދުވަހުގެ މުއްދަތު ޖެހުމުން ގިނަ ބައެއްގެ ސުވާލުތައް ފުލުހުންނަށް އަމާޒުކޮށްފިއެވެ.
ގިނަ ބައަކު ފުލުހުންްނަށް ކުރިމަތި ކުރުވާ ސުވާލުތަކުގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެންޕޭނަށް ހުޅުމާލެއަށް ވަޑައިގަތުމުން ފައުޅުގައި ނުކުމެ ހަށިކޮޅަށް އަރައިގަންނަން އުޅުނު މީހާ ޢާއި ރައީސް ނަޝީދު ރާއްޖެވަޑައިގަތުމުން ކަރުބުރިކޮށްލަން ގޮވި އަންހެން މީހާ ބަންދު ނުކުރަނީ އެއީ ކުށެއް ނޫން ކަމަށް ފުލުހުން ޤަބޫލުކުރާތީތޯއެވެ؟ ސްމިތަށް 7 މުއްދަތު ޖެހީ ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ ޞިއްދީގަށް އިއްޔެ އަނިޔާކުރި މައްސަލައެއްގައެވެ.