ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގަ ހުއްޓާ މަރުވި މުޙައަމަދު ފުޅަކީ ކާކުކަން ނޭނގިގެން ވަޅުލަން ހުރަސްތަކެއް ކުރިމަތިވި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގަ ހުއްޓާ މަރުވި މުޙައަމަދު ފުޅަކީ ކާކުކަން ނޭނގިގެން ވަޅުލަން ހުރަސްތަކެއް ކުރިމަތިވި

ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގައި ހުއްޓައި މަރުވި މުޙައަމަދު ފުޅަކީ ކާކުކަން ނުއެނގިގެން ވަޅުލަން ހުރަސްތަކެއް ކުރިމަތިވި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އިއްޔެ މެންދުރު ކަށު ނަމާދު އޮތުމުން ގިނަ ބައަކު އާސަހަރާ މިސްކިތަށް ދިއަ ކަމަށާއި ނަމަވެސް މެންދުރު ނަމާދު ނިމުނު އިރުވެސް މައްޔިތާ އަކީ ކާކުކަން ނުއެނގުމުން ކުޑަކޮށް މަޑު ޖައްސައިލަން ޖެހުނު ކަމަށެވެ. "ކުއްލިއަކަށް އައިސް ބުނީ ކާކުކަން ނުއެނގޭ މީހަކަށްވާތީ އިހަށް މަޑުޖައްސައިލާށޭ. އެހިސާބުން މީހުންތައް ދިއައީ. ފަހުން ކަށުނަމާދުކޮށް ވަޅުލީ.

އެކަމަކު އެއީ ކާކުކަން އެނގިގެނެއް ނޫން." މިއަދުނޫހަށް އެނގުނު ގޮތުގައި މިއީ ޜާއްޖޭގައި އަލަށް ކުރިމަތިވި ކަމަކަށްވުމުން ސްޕަރވައިޒަރުންނަށްވެސް ކުޑަކޮށް ކަންކަން މަޑުޖައްސައިލަން ޖެހުނީއެވެ. މިއަދުނޫހަށް މައުލޫމާތުދިން އިތުރު މީހަކު ބުނީ އޭނާއަށް އެނގިފައި އޮތްގޮތުގައި މުޙައްމަދު ފުޅު ކިޔާކަމަށް ބުނާ މީހާ ޚާއްޞް އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ ގުރައިދޫގައި ހުންނަ މަރުކަޒަށް ގެންދެވުނީ މާލޭ މާރުކޭޓޭއް ކައިރިއަސް ވެޓިފައި އޮއްވައި ފެނިގެން މީގެ ހައަކަ މަސް ދުވަސްކުރިންނެވެ. އެމީހާ ކުރިމަތި ކުރުވާ ސުވާލަކީ މަރުކަޒުގައި މިހައި ދުވަސްވީއިރުވެސް އޭނާ އަކީ ކާކުކަން ހޯދިފައި ނުވަނީ ކީއްވެގެންބާބައެވެ؟

ޓީވީން ފޮޓޯ ދެއްކުމުން ވެސް މީހަކު ހަމަ ޖަވާ ނުދިނީ ބާވައެވެ؟ ނޫނީ އެފަދަ މަސައްކަތެއް ނުކުރަނީ ބާވައެވެ؟ މިއިން ސުވާލަކަށް ޖަވާބެއް ލިބޭތޯ މަރުކަޒަށް ގުޅުމުން ބުނީ ސިޓީ ފޮނުވުމަށެވެ. ޖެންޑަރ މިނިސްޓްރީ އަށް ގުޅުމުން ދިން ނަމްބަރަށް ގުޅުމުން ވެސް ބުނީ އިތުރު ނަމްބަރަކަށް ގުޅުމަށެވެ. މިފަދަ ކަމެއް ކުރިމަތިވުމުން މަރުކަޒުގައި އަދި ޖަލުތަކުގައި މިފަދަ ގޮތް ނުއެނގޭ، ކާކުކަން ނުއެނގޭ ބައަކު އިތުރަށް ތިބިތޯ ބަލަން ޖެހޭކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން