3 އަހަރާ 4 މަސް ދުވަހުގެ ޖަލު ތަޖުރިބާއާއިއެކު ޖަލުތައް އިޞްލާޙްކުރުމުގެ މަސައްކަތް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ފަށްޓަވައިފި އެވެ. މިގޮތުން ޝައިޚް އިމްރާން އިއްޔެ ވަނީ "ބިރުވެރި" ދޫނިދޫ ޖަލަށް އިއްޔެ ވަޑައިގެން އެތަނުގެ ކަންކަނަ ބައްލަވައިލައްވައިފައެވެ. ދޫނިދޫ ޖަލުގެ ބިރުވެރިކަމާއިމެދު ސުވާލު އުފެދޭ ކަންކަން ވަރަށް ގިނަކަން ފާހަގަކުރެވެއެވެ.
އެއިގެ ތެރޭގައި ފާރިޝް މައުމޫނުގެ އަތްޕުޅަށް ކުރި އަނިޔާ އާއި އުއްތަމަ ފަނޑިޔާރު ވަކީލުންނާއި ބައްދަލުކުރެއްވިއިރު ރެކޯޑަރެއް ހަރުކޮށްފައިވުމާއި ބިޑިއަޅުވައިގެން ކަސްރަތަށް ނެރުމާއި މިނޫންވެސް އެތައް ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ރޭ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި އެކަންކަން ތަޖުރިބާ ކުރައްވައިގެން ހުންނެވި ހޯމް މިނިސްޓަރުގެ މިނިސްޓަރު ކަމުގައި އިބްލާޙީ ބަދަލުތަކެއް ގެނެސްދއްވާނު ކަމަށް އުންމީދުކުރައްވާ ކަމަށެވެ.