ޤާނޫނާ ޚިލާފަށް ގަސްކެނޑުމާ، ފަރުތަކާ ފަޅުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ޚާއްޞަ ސަމާލުކަމެއް ދީގެން ބެލުމަށް ހޯމް މިނިސްޓަރ ފުލުހުންނަށް އަންގަވައިފިއެވެ.
ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އެގަށް އެންގެވީ ތިމާވެށި ރައްކައުތެރިކޮށް ހިމާޔަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތަކަށްވާތީ ކަމަށެވެ. ރާއްޖޭގެ ބައެއް ރަށްރަށުން ގިނަ އަދަދަކަށް ރުއް ކަނޑައި ވިއްކުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.