އެނގި ތިބެ ދެ ކެރިއަރުން ކައިވެނި ކުރަނީ ދަރިންނަށް ނުވިސްނާ ވަރަށް އަމިއްލަ އެދުން ބޮޑު ލޯބިވެރިން!: ޑރ. ތޯމަސް މެންހާޓް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެނގި ތިބެ ދެ ކެރިއަރުން ކައިވެނި ކުރަނީ ދަރިންނަށް ނުވިސްނާ ވަރަށް އަމިއްލަ އެދުން ބޮޑު ލޯބިވެރިން!: ޑރ. ތޯމަސް މެންހާޓް

ތެލެސީމިއާ ބަލި މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ލޭއަޅަންޖެހޭ ކުދިންގެ އަދަދު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ކޮންމެ ދުވަހަކު އެތައް މައިން ބަފައިންނެއް އެމީހުންގެ ދަރިން ގޮވައިގެން ދައްކަން އާދެއެވެ. މިފަދައިން އަންނަ މީހުން ގާތު "ކައިވެނިކުރީ ދެ ކެރިއަރުންކަން އެނގިތިބެތޯ؟" ސުވާލުކުރުމުން 80 އިންސައްތަ މީހުން ބުނަނީ އެނގިތިބެ ކަމަށެވެ.

"އެނގި ތިބެ ކައިވެނި ކުރީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ބުނަނީ ލޯބިން ކަމަށެވެ. "އެހެންވީމާ އެނގި ތިބެ ކައިވެނިކޮށް މިފަދަ ދަރިން ހޯދައި ކޮންމެ ހަފްތާއަކު އެކުދިންގެ ގައަށް ކަށިތައް ކޮއްޕުވައި ޑެސްފަރޯލްދީ ލޭ އަޅަމުން އެކުދިންނަށް އަނިޔާ ދެމުން ތިއަ ގެންދަނީ ކީއްވެތޯ؟"

ސުވާލުކުރުމުން ގިނަ މީހުން ޖަވާބެއް ނުދެއެވެ. އަހަރެންގެ ނަޒަރުގައި ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ކުރަންޖެހޭނީ ކުރެވެން ހުންނަ ކައިވެންޏެވެ. ދަރިންނަށް އަނިޔާ ލިބޭނެ ގޮތަށް ކައިވެނި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ނިކަން ވިސްނައިލަބަލާށެވެ.

ލޭ އަޅާ ދަރިއަކު ލިބުމުން މައިންބަފައިންނަށް އުފުލަންޖެހޭ ތަކްލީފްތަކާއިމެދުގައެވެ. ކުރަންޖެހޭ ޚަރަދުތަކާއި މެދުގައެވެ. އެދަރިންނަށް އުޅެންޖެހޭ ނިކަމެތި ޙާލާއި މެދުގައެވެ. އެދަރިންނަށް އަޅާ ވޭނާއިމެދުގައެވެ. އަދި އެދަރިން ދުނިޔެ ދޫކުރުމުން ކުރަންޖެހޭ ހިތާމަތަކާއިމެދުގައެވެ.

ތިމާމެން ލޯބިވުމަކީ މަޢްޞޫމް ކުޑަކުދިންނަށް އަނިޔާ ކުރަން ބޭނުންކުރާ ހަތިޔާރަކަށް ހެދުމަކީ އަހަރެން ޑޮކްޓަރެއްގެ ހައިޞިއްޔަތުން ޤަބޫލުކުރާ ކަމެއް ނޫނެވެ. އަހަރެންގެ އާދޭހަކީ ދެ ކެރިއަރުން ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ކައިވެނި ނުކުރުމެވެ. އަދި ކައިވެނި ކުރި ނަމަވެސް ލޭ އަޅަންޖެހޭ ކުދިން ނުހޯދުމެވެ. ތިމާމެންގެ ލޯބިވުމަކީ ދަރިންނަށް ކުރާ އަނިޔާއަކަށް ނުހެދުމެވެ. ޑރ. ތޯމަސް މެންހާޓް/ މުމްބާއީ

މިއަދު އޮންލައިން