އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އަކިލޭޝް މިޝްރާ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމާއި ބެހޭގޮތުންނާ، ދެޤައުމުގެ ދެމެދު ދިފާއީ އަދި އަސްކަރީގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓޭނެ ގޮތްތަކާއިބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.