ޝައިޚް އިމްރާންގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ޝައިޚް އިމްރާންގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ގެ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާންގެ މައްޗަށް 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ، ކްރިމިނަލް ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކުރިއެވެ.

އެމައްސަލަ އެއިރު ސުޕްރީމް ކޯޓުން އިލްތިމާސް ކުރުމުން އެކޯޓުން ފުރަތަމަ ވަނީ އެމައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ނަމަވެސް ޝައިޚް އިމްެރާންގެ ފަރާތުން އެހުކުމް މުރާޖާ ކޮށްދިނުމަށް އެދުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ އަލުން ބަލަން ނިންމާފައެވެ. އަދި އެމައްސަލައިގައި ގޮތެއް ކަނޑައެޅެންދެން އެމަނިކުފާނު ވަނީ މިނިވަން ވެސް ކޮށްފައެވެ.

ޝައިޚް އިމްރާންގެ މައްޗަށް އިއްވި ހުކުމް އެފަދައިން އޮއްވާ އެމަނިކުފާނަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ހޯމް މިނިސްޓަރުކަން ދެއްވުމުން، ބައެއް ފަރާތްތަކުން ދިޔައީ އެކަމާއި ސުވާލު އުފައްދާ ފާޑު ކިޔަމުންނެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލު ކުރީ، އެކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިއަދު އޮންލައިން