ގިނަ އަދެއްގެ ރުއް ގަވައިދާ ޚިލާފަށް ގެންދަން އުޅުމުން ހުއްޓުވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ގިނަ އަދެއްގެ ރުއް ގަވައިދާ ޚިލާފަށް ގެންދަން އުޅުމުން ހުއްޓުވައިފި!

ނ. މެދުފަރުގައި ހަދާފައިވާ "ސޮނޭވާ ޖާނީ" އަށް އެ އަތޮޅު މަގޫދޫ އިން ގިނަ އަދަދެއްގެ ރުއް ގަވައިދާ ޚިލާފަށް ގެންދަން އުޅުނު ކަމަށް ބުނެ އެ ރަށުން ރުއް ގެންދިއުމުގެ ހުއްދަ ނުދޭން އެރަށު ކައުންސިލުން ނިންމާ، އެކަން ހުށްޓުވައިފިއެވެ.

އެނގިފައިވާ ގޮތުން ސޮނޭވާ ޖާނީން މަގޫދޫން ގެންދަން އުޅުނީ 500 އެއްހާ ދިވެހި ރުކެވެ.

އެ ރުއްތައް ނެގުމުގެ މަސައްކަތް ކުރާ "ހިލްސައިޑް ވިލާ" ކުންފުނިން މަގޫދޫ ކައުންސިލަށް މި އަހަރު ފެބްރުއަރީ މަހު އެކަން ހުށަހެޅުމުން މަގޫދޫ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރުއްތައް ނެގުމަށް ހޯދަން ޖެހޭ ހުއްދަތައް އެ ކުންފުނިން ހޯދުމަށް ފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެކަން ހުއްޓުވީ، އީއައިއޭ ރިޕޯޓްގައި ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާތީ އެވެ. އެގޮތުން އެ ރުއްތައް ނަގަނީ ކައުންސިލްގެ ބޭނުމަށް އެރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ކަމަށް ބުނެ ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

މިއަދު އޮންލައިން