ޔަމަނުގައި ޙާލުގައި ޖެހެމުންދާ މީހުނަށް އެހީވުމުގެ މާތް މަޤުސަދުގައި، "ހެލްޕް ޔަމަން މޯލްޑިވްސް" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ)ގެ ފަރާތުން ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕއިން ފަށާފައި ވަނީ އޭއައިސީ އާއި އިހާހާ ގުޅިގެންނެވެ.
އީހާހާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހިނގަމުންދާ ހަނގުރާމަ އާއި ކާރިސާ ތަކުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވަމުން އަންނަ ޖަމާއަތަކެވެ. މީގެ އިތުރުން، އީހާހާއަކީ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ތަކުގެ ތެރެއިން އެއް ޖަމިއްޔާ ވެސް މެއެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްފޭނުގައި ރާއްޖޭގެ ގިނަ ކައުންސިލްތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ބައެއް ކުންފުނިތަކުންް ބައިވެރި ވެއެވެ.
މި ކެމްޕޭނުގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އޭއައިސީ ގެ ހޮޓްލައިން 9122121 އަށް ގުޅުމަށް އެފަރާތުން އެދެއެވެ.