ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބަށްފަހު، ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސައްޙަ ނޫން ކަމަށް ހައިކޯޓުން މިއަދު ކަނޑަ އެޅުމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް އީސީން ނިންމައިފިއެވެ.
އީސީން މިއަދު ބުނީ ހައިކޯޓުގެ ނިންމުމުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެކަންތައް މިހާރު ބަލަމުންދާ ކަމަށެވެ.
"ހައިކޯޓުގެ ހުކުމަށް އިޚުތިރާމް ކުރަން. އެކަމަކު އެނިންމުމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން މައްސަލަ އިސްތިއުނާފް ކުރާނަން. މިހާރު އެކަން އެބަ ކުރިއަށްދޭ" އީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.
ހައިކޯޓުގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމް އިން ސެޕްޓެމްބަރ މަހު ފަހުކޮޅު ބޭއްވި ކޮންގްރެސް ސައްޙަ ކަމަށާއި އެކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބަދަލާއި އިންތިހާބު ކުރި އިންތިހާބު ކުރި މަގާމުތައް ވެސް ސައްޙަ ކަމަށެވެ.