ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަން ރާއްޖޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަން ރާއްޖޭގަ!

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. ކައިވެނީގެ އަހަރީ ދުވަހާއި ގުޅިގެން ޝިލްޕާ،

ފިރިމީހާއަށް ފޮނުވި މެސެޖުގައި ވަނީ "އަހަރެމެން މަރުވަންދެން އަހަރެމެން އެކަކު ދެކެ ވަރުގަދައަށް ލޯބިވާނަން" ކަމަށެވެ. ދެމަފިރިން ކައިވެނިކޮށްފައިވަނީ 22 ނޮވެމްބަރު 2009 ގައެވެ. އެހެންކަމުން މިއީ ދެމަފިރިންގެ ކައިވެނީގެ 9 ވަނަ އަހަރީ ދުވަހެވެ.

ބޮލީވުޑްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު ގިނައަދަދެއްގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހާމަކުރެއެވެ. އެގޮތުން ޝިލްޕާގެ ދެމަފިރިންވެސް ގެންދަނީ ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރަމުންނެވެ.

މިއަދު އޮންލައިން