އޮމަދުއަށް އަރާ ފޭބުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އޮމަދުއަށް އަރާ ފޭބުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ!

ކޮޅުމަޑުލު އޮމަދުއަށް އަރައި ފޭބުން އެރަށުގެ ރައްޔިތުންނަށް ވެފައި ވަނީ ވަރަށް ބޮޑު ބިރުވެރި ކަމަކަށެވެ. ހަދާފައިވާ ޖެޓީ ވަނީ ރޫޅި ބައިތައް ވަކިވެފައެވެ. ދޯންޏެއް ކައިރިކޮށްފި ނަމަ ޖެޓީން ބައެއް ދޯންޏަށް ވެއްޓިދާނެ ކަމުގެ ބިރަށް ދޯނި ފަހަރު ބާއްވަން ޖެހެނީ ދުރުގައެވެ. އަރައިފޭބުމާއި މުދާ ބޭލުން ފަދަ ކަންކަން ކުރަންޖެހެނީ ފިލައެއްގެ މަތީގައެވެ.

މިކަމާއި ގުޅިގެން ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ "ތ. އޮމަދޫ ރައްޔިތުން ލަފާ ފުރައި އުޅެނީ ވަރަށް ދަތި ޙާލުގައެވެ. ބަނދަރެއް ޖެޓީއެއް ނެތެވެ. ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުން ފުރަތަމަ ހައްދަވައިދެއްވާ ބަނދަރަކަށް އޮމަދޫ ބަނދަރު ހައްދަވާނެ ކަމަށް ވަނީ ކެންޕޭނުގަ ވިދާޅުވެފައެވެ. ރައްޔިތުން ތިބީ އެކަމުގެ އުންމީދުގައި" ކަމަށެވެ.

މިއަދު އޮންލައިން